ހަ ކުންފުންޏަކަށް އަދިވެސް އެމްޑީން ހަމަނުޖެހޭ: ޕީސީބީ
ސަރުކާރަށް ފަސްމަސްވެފައިވާއިރު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން އަދިވެސް ހަމަނުޖެހޭކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފިއެވެ.
ޕީސީބީން ބުނިގޮތުގައި މިހާތަނަށް ހަ ކުންފުންޏެއް ހިންގަމުންދަނީ އެމްޑީއެއް ނެތިއެވެ. އަދި ހަތަރު ކުންފުންޏަކަށް ޗެއާމަނެއް ނެތެވެ. މީގެ 13 ކުންފުންޏަކަށް އައްޔަންކުރަން ޖެހޭ 17 ބޯޑު މެމްބަރުން މެމްބަރުން އައްޔަންކޮށްފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
ސަރުކާރުން މިހާތަނަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފައި ނުވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށާއި ބޭންކް އޮފް މޯލްޑިވްސް، ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، ޚަޒާނާ މޯލްޑިވްސް، އަދި އިންވެސްޓްމަންޓް މެނޭޖްމަންޓް ކޯޕަރޭޝަނަށެވެ.
އަދި މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށާއި ވެމްކޯ އާއި އެމްއެމްޕީއާރުސީ އަދި އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ޗެއަރމަނަކު ހަމަޖައްސާފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް