މާލޭ މަގުމަތިން އަނިޔާތަކެއް ދީފައި އޮތް މީހަކު ފެނެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ މަގުމަތިން, އަނިޔާތަކެއް ދީފައި އޮތް މީހަކު ފެނެއްޖެ އެވެ.
ފުލުހުން ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ "ސޮރީ ބޯއިސް" ކިޔާ ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް މީހަކު ފެނިގެން ރޭ ދަންވަރު 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެއީ ދިވެހި ފިރިހެނަކު ކަމަށާ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު 6:19 ހާއިރު ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް