ގަލޮޅު ގުދަނެއްގައި އަލިފާން ރޯވި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ: އެންޑީއެމްއޭ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގ.ހިޔާރޯދީ 1 ގެ އެއްވަނަ ފަންގިފިލާގައި މިއަދު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭވަރަށް އަނދައިގެން ގޮސްފައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ގުދަން ބޭނުން ނުކުރެވޭ ހާލަތުގައި ހުރިއިރު، ދުން ބޯވުމުގެ ސަބަބުން އެ ގެޔާއި އިންވެގެން ހުރި 6 ގެޔަކުން ވަގުތީގޮތުން މީހުން ހުސްކުރެވުނު ކަމަށެވެ.
ނަމަވެސް މިހާރު ގެތަކަަށް މީހުން ވަނުމުގެ ހުއްދަ އެމް.އެން.ޑީ.އެފް ގެ ފަޔަރ އެން ރެސްކިއު ސަރވިސަސް އިން ދީފައިވާކަމަށް ބުންޏެވެ. އެންޑީއެމްއޭއިން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:45 ހާއިރުއެވެ. ހާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ޓީމުން ވަނީ އެތަނަސް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް