N/A
N/A
ހަބަރު 15 Feb 2019 | 06:47

އަލްހާން ފަހުމީގެ ކެމްޕެއިން ވަރަށް ތަފާތު!

މިއަހަރުގެ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކި ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ. ކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ، އާންމުންގެ ވޯޓު ހޯދުމަށް ކެނޑިޑޭޓުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މާލޭސިޓީގެ ދާއިރާތައްވެސް މިފަހަރު އޮތީ މިފަދައިންނެވެ. ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުންެވެސް ވާދަވެރި ރޫހެއްގައި ކެމްޕެއިންކުރަމުންދާއިރު، މިގޮތަށް އެންމެ ފޯރިގަދަ އެއް ދާއިރާއަކަށްވެފައިވަނީ ހެންވޭރު އުތުރު ދާއިރާއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަން ހިނގާފަދަ ގިނަ ބޭފުޅުން މި ދާއިރާއަށް ކުރިމަތިލައްވާ އިރު، އޭގެ ތެރެއިން އެއް ބޭފުޅަކަށް ވެގެންދާނީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ، އަލްހާން ފަހުމީއެވެ.

އަލްހާންގެ ކެމްޕެއިންގެ ތެރެއިން ތަފާތު އެތަކެއް ހަރަކާތްތަކެއް ފެނިގެން ގޮސްފައިވާއިރު، މީގެ ތެރެއަށް މިރޭ މިވަނީ އެއްބޮޅު އިތުރުވެފައެވެ. އަލްހާން ފަހުމީ ވަނީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި އެބޭފުޅާގެ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާޒުވާ މުބާރާތެއް އިފްތިތާހުކުރައްވާފައެވެ.

މިއަދުން ފެށިގެން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާކަމަށް މި މުބާރާތް އިންތިޒާމުކުރާ އަލްހާން ފަހުމީގެ ކެމްޕެއިން ޓީމްގެ ފަރާތުން މައުލޫމާތުދެއެވެ.

އަލްހާން ފަހުމީގެ ކެމްޕެއިން ޖަގަހައިގައި ކުރިއަށްގެންދާ މި މުބާރާތުގައި މޮޅުވާ ފަރާތްތަކަށް ފައިސާގެ އިނާމު ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށްދާ ފަރާތަކަށް 15،000ރުފިޔާ، 2ވަނައަށްދާ ފަރާތަކަށް 10،000ރުފިޔާ އަދި 3 ވަނައަށްދާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަަމަޖެހިފައެވެ.

މި މުބާރާތުގެ އިންްތިޒާމީ ކޮމެޓީން ވޮއިސްއަށް މައުލޫމާތުދިންގޮތުގައި އަލްހާންގެ ވިސްނުންފުޅު ހުންނެވީ ކެމްޕެއިން ހަރަކާތްތަކަކީ ރަނގަޅު ނިޔަތެއްގައި ކުރެވޭ ކަންކަމަށް ހެއްދެވުމެވެ. އެގޮތުން ރާޒުވާ އަކީ ސިކުނޑި ތަނަވަސްކޮށްދީ، ހެޔޮ ނިންމުންތައް ނިންމުމަށް ދަސްކޮށްދޭ ކުޅިވަރެއްކަމުން ރާޒުވާ މުބާރާތެއް ބޭއްވުމަށް ނިންމީކަމަށް އެ ފަރާތުން ބުންޏެވެ.

އަަލްހާން ފަހުމީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރޭގައި މި ރާޒުވާ މުބާރާތުގެ އިތުރުން ފުޓްސަލް މުބާރާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތަފާތު ކަންކަމުން ނޫސްތަކުގެ ފަލަ ސުރުޚީ ހޯއްދަވާ އަލްހާން، މިފަހަރު ޖާގަ ހޯއްދެއްވީ މޮޅު ރާޒުވާ މުބާރާތަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...