ވިޒްއެއާ އަކީ މެދުއިރުމަތީގައި އެންމެގިނަ ފްލައިޓްތައް ދައުރުކުރާ ހަންގޭރިއަށް ނިސްބަތްވާ އެއާލައިނެއް --- ފޮޓޯ: އޭޕީ
ވިޒްއެއާ އަކީ މެދުއިރުމަތީގައި އެންމެގިނަ ފްލައިޓްތައް ދައުރުކުރާ ހަންގޭރިއަށް ނިސްބަތްވާ އެއާލައިނެއް --- ފޮޓޯ: އޭޕީ
ދުނިޔެ 03 Aug 2024 | 02:21

ވިޒް އެއަރ އިން އިސްރާއީލް އަދި ޖޯޑަން އަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލައިފި

ވިޒް އެއަރ އިން އިސްރާއީލް އަދި ޖޯޑަން އަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިގޮތަށް ނިންމާފައިވަނީ "އެ ސަރަޙައްދުގައި ހާލަތު ގޯސްވަމުންދާތީ" ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިޒް އެއަރ އިން ބުނެފައިވަނީ މި ހުއްޓާލުން އޮގަސްޓް 4 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.

ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަދި ހިޒްބުﷲގެ ކޮމާންޑަރު ފުއާދު ޝުކުރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނާއި އެ ޤައުމާ ގުޅިފައިވާ ހަތިޔާރުއެޅި ގްރޫޕްތަކުން އިސްރާއީލަށް ޖަވާބުދާރީވާނެކަމަށް ބެލެވޭތީ، މެދުއިރުމަތީގެ ސަރަޙައްދަށް ކުރާ ދަތުރުތައް ހުއްޓާލަމުންދާ އެހެން އެއަރލައިންތަކާ ވިޒް އެއަރ ވެސް ގުޅިފައިވާއިރު، އިތުރު އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބަޖެޓް އެއަރލައިނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަމަށް ރިޢާޔަތްކޮށް، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބެލެވެއެވެ. އަދި މި ހާލަތު އާންމު ހާލަތަށް އަންނަންދެން، އިސްރާއީލް އަދި ޖޯޑަން އަށް ކުރާ ދަތުރުތައް ހުއްޓިފައި އޮންނާނެ ކަމަށް ލަފާކުރެވެއެވެ.

ވިޒް އެއާ ހޯލްޑިންގްސް ޕީއެލްސީ އަކީ ޖާޒީގައި ރަޖިސްޓްރީކޮށްފައިވާ ހަންގޭރީގެ އަލްޓްރާ ލޯ ކޮސްޓް ކެރިއާ ގްރޫޕެކެވެ. އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ ވިޒް އެއާ ހަންގޭރީ، ވިޒް އެއާ މޯލްޓާ، ވިޒް އެއާ އަބޫދާބީ އަދި ވިޒް އެއާ ޔޫކޭ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް