އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި މީހުންގެ މައްސަލަ ބަލަން ކޮމެޓީއެއް މުހިންމު -އަލްހާން
އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ސިޔާސީ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލެއްވުމަށް އަލްހާން ފަހުމީ އެދިވަޑައިގަންނަވިއެވެ.
ޖުމުހޫރީ ޕާޓީގެ ފަރާތުން ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ އަލްހާން ފަހުމީ އެބޭފުޅާގެ ޖަގަހައިގައި ބާއްވާ ރާޒްވާ މުބާރާތެއް އިފްތިތާހުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެކައުންޓަކުން ވަދެގެން ގޮސް ސިޔާސީ މީހާގެ އެކައުންޓަށް އެހާ ބޮޑު އަދަދަކުން ފައިސާ ވަދެގެން ދިއުމާއެކު އެއީ ކޮންތާކުން ކިހިނެއް އައި ފައިސާތަކެއްތޯ އެމީހަކާއި ސުވާލުކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެފައިސާ އައި ގޮތެއް އެމީހުން ވެސް ކަމާއި ބެހޭ ފަރާތްތަކަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވިދާޅުވީ އެމްއެމްޕީއަރްސީގެ މައްސަލައިގައި ހިމެނޭ ސިޔާސީ މީހުންގެ ތަހުގީގުތައް ކުރުމަށް ޚާއްސަކޮމެޓީއެއް އެކުލަވާލާ އެ މައްސަލަ ބާރަށް ކުރިއަށް ގެންދިއުމަށްވެސް އަލްހާން ވަނީ އެދިވަޑައިގަންނަވާފައެވެ.
އަދި އެމްއެމްޕީއާރްސީގެ ޚީޔާނާތުގެ ފައިސާ ޖަމާވި ބުނާ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަގުތީގޮތުން މަގާމުން ދުރުކުރުމަކީ އުފާކުރާ ކަމެއް ކަމުގައި އަލްހާން ވަނީ ވިދާޅުވިއެވެ.
އަދި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރައްވާ ރައްޔިތުންނަށް އިތުބާރު ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް