ފްލައިޓް ތެރޭގައި ހާލު ދެރަވި މީހަކަށް އެހީވީ ދިވެހި ޑޮކްޓަރަކު!
ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ތެރޭގައި ހާލުގައި ދެރަވި މީހަކަށް ދިވެހި ޑޮކްޓަރަކު އެހީވެއްޖެއެވެ.
ކޮލަމްބޯއިން ޑާކާއަށް ދަތުރުކުރި މި ފްލައިޓްގައި ހާލު ދެރަވި މީހަކަށް އެހީވީ ދާދިފަހުން ގްރެޖުއޭޓްވި ޑރ.ހިޝާމް އަލީ ޒަކީއެވެ.
ޑރ.ހިޝާމްެގެ އިންޓާންޝިޕް ފުރިހަމަކުރުމަށް ބަންގްލަދޭޝަށް ކުރި ދަތުރުގައި އެ ފްލައިޓްގައި އިން ފަރާތެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ކްރޫއިން އެދުނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ހުރިނަމަ އެފަރާތްތަކަށް އެހީވުމަށެވެ.
އެވަގުތު ޑރ.ހިޝާމް އަވަސްވެގަތީ އިންސާނިއްޔަތުގެ އަތެއް ދިއްކޮށްލުމަށެވެ. މީޑިޔާތަކަށް މައުލޫމާތު ދެމުން ޑރ.ހިޝާމް ބުނީ އެމީހާ އޮތީ ފިޓުޖެހިފައިކަމަށް ހީކޮށް އޭނާ އިމަރޖެންސީ ޕޮޒިޝަންގައި ބޭއްވިތަނާ، އެމީހާ ހޭއަރައިފިކަމަށާއި އެހިސާބުން އޭނާގެ ހާލަތު ގޯސްވީ ފިިނިވެގެންކަން އެނގުނު ކަމަށެވެ.

އެހެންކަމުން ޑރ. ހިޝާމް ވަނީ އޭނާ ލައިގެން ހުރި އިސްޓާކީނު އެމީހާގެ ފަޔަށް ލައްވައިދީފައެވެ. އަދި އެމީހާ ގައިމަތީގައި އަޅާނެ އިތުރު ރަޖައެއް ހޯދައިދީ، ފްލައިޓް ޖައްސަންދެން އެމީހާއަށް އަޅާލުމުގައި ދެމިހުރެފައެވެ.
މިކަން ފާހަގަކުރުމަށް ސްރީލަންކަން އެއާލައިންސްއިން ވަނީ އޭނާއަށް ޚާއްސަ ލިޔުމެއްވެސް ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް