ސީޕީ ސުޖާޢުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ބައްޕާފުޅު، ޢަބްދުއްސަލާމް ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި ތަޢުޒިޔާ ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މަރުޙޫމް ޢަބްދުއްސަލާމް ޢަލީ އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި މަރުޙޫމަކީ ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި މާތްاللهގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލަހައްޓެވުމަށް އެދި ދުޢާ ކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް