ވަކިވަކި ވޯޓުފޮށިތަކުގެ ނަތީޖާ އީސީން އިއުލާން ނުކުރާނެ: ޝަރީފް
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކިވަކި ވޯޓުފޮށިތަކުގެ ނަތީޖާ ހާމަކުރާނީ ހަމައެކަނި އެ ވޯޓުފޮށިތައް ކައިރީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރު ވަކިވަކި ފޮށިތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުން ނުދާނެ ކަމަށެވެ.
ނަމަވެސް ވަކި ފޮށިތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން އީސީގެ ވެބްސައިޓަކަށް އަޕްލޯޑް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެ ސައިޓަށް އަޕްލޯޑްކުރާ ވަކި ފޮށިތަކުގެ ނަތީޖާއަކީ ވަގުތީ ނަތީޖާ ނޫންކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
އުސޫލެއްގެ ގޮތުން މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ވޯޓް ފޮށިތައް ކައިރީ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންވެސް މީޑިޔާގެ ކުރިމަތީގައި ވަގުތީ ނަތީޖާ އިއުލާން ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް