އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
މިއަދު މެންދުރު އައްޑޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ވެމްކޯ އައްޑޫ އޮފީހުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ އައްޑޫގެ ރުއްޖެހެރަ ސަރަހައްދުގައި ހުންނަ ކުނިކޮށީގައި ހުންނަ ވެމްކޯ އޮފީހަށް އެ މުވައްޒަފު ދިޔަ މަގުމަތީގައެވެ.
އައްޑޫގެ ޚަބަރުތައް ގެނެސްދޭ 'އައްޑޫލައިވް' ގައި ބުނެފައިވާ ގޮތުގައި ވެމްކޯގެ މުވައްޒަފު ސައިކަލުގައި ކުނިކޮއްޓަށް ވަންނަން އުޅެނިކޮށް މަގުގެ އަނެއްކޮޅުން ދުއްވާފައި އައި ވޭނެއްގައި ޖެހުނީއެވެ.
ހިތަދޫ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކަށް ވެސް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް