މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންގްކޮކުން ރާއްޖެއަށް ކުރާ އަގުތައް ބޮޑުތަނުން ހެޔޮކޮށްފި
ފެއާއެއްގެ ދަށުން މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންގްކޮކަށް ކުރާ ދަތުރުތަކުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ގޮތުން، އެ ފެއާތައް ޚާއްސަކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރުގެ ބައެއް ތާރީޚުތަކަށެވެ. އެގޮތުން ބެންގްކޮކްގެ ދަތުރުތަކުގެ ތެރެއިން 23 އަދި 30 ޑިސެމްބަރުގެ ދަތުރުތައް ޚާއްސަކޮށްފައިވާއިރު، މެލޭޝިއާގެ ދަތުރުތަކުގެ ތެރެއިން ޚާއްސަކޮށްފައިވަނީ 21 އަދި 28 ޑިސެމްބަރެވެ.
އެގޮތުން އާންމުކޮށް 355 ޑޮލަރަށް އުޅޭ މެލޭޝިއާގެ އެއްކޮޅު ޓިކެޓުގެ އަގުތައް އެ ތާރީޚުތަކުގައި 112 ޑޮލަރަށް ލިބޭއިރު، އާންމުކޮށް 300 ޑޮލަރާއި 400 ޑޮލަރާއި ދެމެދުގައި އުޅޭ ބެންގްކޮކްގެ ޓިކެޓުތަކުގެ އަގުތައް މޯލްޑިވިއަނުން ވަނީ އެ ތާރީޚުތަކަށް 150 ޑޮލަރަށް ކުޑަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް