އެމްއެމްޕީއާރުސީގެ ޗެއާމަންކަމަށް ޣިއާޘް އައްޔަންކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާމަން ކަމަށް އަބްދުﷲ ޣިއާޘް ރިޔާޟް އައްޔަނުކޮށްފިއެވެ.
ޣިއާޘް މި މަގާމަށް އައްޔަނުކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރީ މިއަދުއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް ކަމުގައި ހުންނެވި ޣިއާޘް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ.
ޣިއާޘް މިމަގާގަމަށް އައްޔަނުކޮށްފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު އެ މަގާމުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް