ސީއެސްސީ އަށް އައްޔަންކުރަން މުޖުތާޒަށް ރުހުން ދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް މއ. ސިގްމާ، އަލްއުސްތާޒު މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ކަމަށް މުޖުތާޒް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެންބަރު ކަން ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރީން ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުންނެވެ.
މުޖުތާޒު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް