ކަރެކްޝަނަށް ބޭނުންވާ ވަސީލަތްތައް ދަނީ ފަހިކޮށް ދެމުން: ވަޒީރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި ސަރުކާރުގެ މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް މިދަނީ ފަހިކޮށްދެއްވަމުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 54 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި ވަޒީރު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.
އަދި ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ބޭނުންވާ ފަންނީ ބޭފުޅުން ބިނާ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުންކަން ފާހަގަ ކުރެއްވި އެވެ.
ކަރެކްޝަނަލް ސާވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ގައިދުކޮށްގެން ގެންގުޅޭ މީހުންނަށް ދޭންޖެހޭ ހާއްސަ ފަރުވާތަކާއި އަދި އެ މީހުންނަށް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމައަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ގައުމީ ޒިންމާއެއް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެދެނީ ކަރެކްޝަނަލް ސާވިސްގެ ތާރީހުގައިވެސް މިހާތަނަށްވެސް އަދާކުރަމުން އައި ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވުން," ވަޒީރު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް