ދިހަ ސްކޫލެއްގެ ރިޕޯޓްފޯމް ޑިޖިޓަލްކޮށް ދެނީ
ރާއްޖޭގެ ދިހަ ސްކޫލެއްގެ ރިޕޯޓްފޯމް ޑިިޖިޓަލްކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ޓާމްގެ ރިޕޯޓް ފޯމް ދިހަ ސްކޫލަކަށް މިގޮތަށް ދޭން ނިންމީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.
އެގޮތުން މިސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، އެދަރިވަރުންގެ ނަތީޖާއާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ސްކޫލް މެދުވެރިކޮށް އޮންލައިންކޮށް ރިޕޯޓް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް އެ އިންތިޒާމް ސްކޫލުގައި ހަމަޖެހިފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޑިޖިޓަލްކޮށް ރިޕޯޓް ފޯމުދޭ ސުކޫލުތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ބައެއް ސުކޫލުތައް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް