ބަންގި މުބާރާތް މި އަހަރު ކޮންމެ އަތޮޅަކުން ބައިވެރިއަކު ވާދަކުރާ ގޮތަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
"ނޫރުލް އަޛާން 1447" ނުވަތަ ބަންގި ގޮވުމުގެ މުބާރާތް މި އަހަރު ތަފާތު ގޮތަކަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔަ މުބާރާތް މި އަހަރު ބޮޑު ބަދަލާއެކު ކުރިއަށް ގެންދަން ނިންމާ އެކަން ވަނީ އިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން މި ފަހަރު މުބާރާތް ކުރިއަށް ގެންދަން ރާވާފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާ ގޮތަށް 19 އަތޮޅުން 19 ބައިވެރީންނާ އެކު އެވެ.
އެ މިނިސްޓްރީން މިހާރު ވަނީ އެކަން ހުރިހާ އަތޮޅުތަކަށް އަންގާފަ އެވެ. އަދި ކޮންމެ އަތޮޅަކުން ބައިވެރިވާނެ ބައިވެރިޔާގެ ނަން ފޮނުވަން ވަނީ އަންގާފަ އެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރީންގެ ނަންތައް ފޮނުވަން ޖެހެ އެވެ.
މިއީ ޒުވާނުންނަށް ޚާއްސަ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެވެނީ 15 އަހަރާއި 20 އަހަރާއި މެދުގެ ފިިރހެން ކުދީންނަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް