މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ ދެމިއޮންނާނެ: ރައީސް ޞާލިހު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމުގައި އެމްޑީޕީން ދެމިތިބޭނެކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަދި މަރުހަބާ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވަމުން ރައީސް ސާލިހު ވިދާޅުވީ މަސައްކަތްތެރިންގެ ހައްޤު ރައްކާތެރިކުރުމާއި އެންމެ ކުޑަ އުޖޫރަ ތައާރަފްކުރުން ފަދަ މުހިންމު ސިޔާސަތުތަކަށް އެ ޕާޓީން ވަކާލާތުކޮށްފައިވާ ކަމަށެވެ.
އަދި މަސައްކަތްތެރިންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށް އެމްޑީޕީ ދެމިއޮންނާނެކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު 1 ވަނަ ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް