ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ދޭއްގައި ހިންދޫންގެ އަޅުކަމެއްކޮށް އެ ވީޑިއޯކޮށް އާންމުކުރި މައްސަލާގައި އަންހެން މީހާ ހައްޔަރު ކޮށްފި އެވެ.
ނޭޕާލަށް ނިސްބަތްވާ އަަންހެނަކު ންދޫންގެ އަޅުކަމެއްކޮށް އެ ވީޑިއޯކޮށް އާންމުކުރި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަންހެން މީހާ އެކަން ކުރީ ހުޅުމާލެ ދެ ފޭސް ގުުޅޭ މޫދު ހިމެނޭ ސަރަހައްދުގަ އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ވީޑިއޯގެ މައްސަލަ ސަމާލު ކަަމަށް އައުމާއެކު ދިޔައީ ބަލަމުންނެވެ. އަދި އަންހެން މީހާ ދެނެގަނެ އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ މީގެ ދެ ދުވަސް ކުރީން ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
އެ އަންހެން މީހާއަށް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ގައުމެކެވެ. އާންމު ތަންތަނުގައި އެހެން ދީނުގެ އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް