ލަންކާގެ ފެޝަން ބަގުން ދިވެހިންނަށް ޚާއްސަ ޕްރޮމޯޝަނެއް!
ދިވެހިންގެ ތެރެއިން ގިނަބަޔަކު ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ދާ އެއް ގައުމުކަމުގައިވާ ސްރީލަންކާގެ މަޝްހޫރު ފެޝަން ބަގް ފިހާރައިން ދިވެހިންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދެ ޖިންސުގެ ބޮޑެތިި މީހުންނާއި ކުޑަކުދިންގެ ހެދުންތައް ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ފެޝަން ބަގްގެ މި ދިވެހިންނަށް ޚާއްސަ ޕްރޮމޯޝަން ކުރިއަށްދަނީ މިމަހުގެ 30ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާއި ހަަމައަށެވެ.
މި ޕްރޮމޯޝަންގައި ދިވެހިން ކުރައްވާ ވިޔަފާރިތަކުގެ ޖުމްލަ ބިލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ފެޝަން ބަގްގެ ވެއްލަވައްތަ އަދި ކޮލްޕެޓީ ޝޯރޫމްގައެވެ. މި ދެތަނަކީވެސް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ދެތަނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް