ޖޭއެސްސީން ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ނިންމައިފި
ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކާއި ސިވިލް ކޯޓްގެ ދެ ފަނޑިޔާރުންގެ އިތުރުން، މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންނާ ބެހޭ ސުލޫކީ މައްސަލަތައް ބަލަން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި އެ ކޮމިޝަނުގެ 65 ވަނަ ޖަލްސާގައި ކަމަށެވެ. ޖޭއެސްސީން ބަލަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި، ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމާއި، ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު އަދި އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ދެ މައްސަލައެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ހަ މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ. ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ.
އެގޮތުން ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި އެމަސައްކަތް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމުގައި އެކޮމިޝަނުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް