އައިޖީއެމްއެޗްގައި ވިހެއި ތިން ކުއްޖަކު ނިޔާވެއްޖެ، ބޮޑެތި ތުހުމަތުތަކެއް!
ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލްކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އިއްޔެގެ އެކި ވަގުތުތަކުގައި ވިހެއި ތިން ކުއްޖަކު ނިޔާާވި މައްސަަލައެއް ފެންމަތިވެއްޖެއެވެ.
އެގޮތުން އިއްޔެ ހެނދުނު ވިހެއި ދެ ކުދިންނާއި ރޭގެ ވަގުތެއްގައި ވިހެއި ކުއްޖަކު ނިޔާވިކަމަށް ސޯޝަލް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. މިކަން އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލްވެސް ވަނީ ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "އަވަސް"އަށް ކަށަވަރުކޮށްދީފައެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ޕޯސްޓެއްގައިވާ ގޮތުގައި އެ ހޮސްޕިޓަލްގެ ވިއްސާ ކޮޓަރީގެ މެޝިންތަކެއް ވަނީ ހަލާކުވެފައެވެ. ނަމަވެސް މިކަން އައިޖީއެމްއެޗްއިން ވަނީ ދޮގުކޮށްފައެވެ.

އިއްޔެ މަރުވި އެއްކުއްޖެއްގެ ބައްޕަކަމުގައިވާ މުހައްމަދު ނިޒާމް ޓްވިޓަރގައި ބުނިގޮތުގައި އޭނާގެ ދަރިފުޅު ނިޔާވީ އަންހެނުން ވިހަން ވެއްދިތާ ތިން ގަޑިއިރު ވީފަހުންނެވެ. އަދި އެކަން ދިމާވީ ކީއްވެގެންތޯ ވިއްސާ ކޮޓަރީގެ ނަރުހުންގެ ކިބައިން އެހުމުން އެކަން ދިމާވީ ކުއްޖާގެ ހިތުގެ ވިންދު ހުއްޓިގެންކަމަށް ބުނެފައިވާކަަމަށް ނިޒާމް ވަނީ ބުނެފައެވެ.

"ހާާޓްބީޓް ނުބަަލަނީ ކީއްވެހޭ ސުވާލުކުރީމަ ބުނީ ގަޑިއަކު އެއްފަހަރުއޭ ބަލަނީ. އޭރު ލޭބަރ ރޫމްގައި ވިހަން ވައްދާފައި ތިބި ދިހަ މީހުންނަށް ބޭނުންކުރަނީ އެއް މެޝިންއޭ ބުނީ"، އޭނާ ބުންޏެވެ.

މި މައްސަލަތައް އައިޖީއެމްއެޗްއިން ދަނީ ބަލަމުންނެވެ. ފަހަކަށް އައިސް ދިވެހިރާއްޖޭގައި އަލަށް ވިހާ ކުދިންތައް މަރުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް