ޝަމްއޫން ޖަލީލް ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރަކަށް
މިިނިސްޓްރީ އޮފް އޮފް އާޓްސް، ކަލްޗަރ އެންޑް ހެެރިޓޭޖަށް ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.
އެ މިނިސްޓްރީގެ ޑިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް ޖަލީލް) އެވެ.
ޝަމްޢޫނަކީ ދިވެހި ތާާރީޚާއި ދިވެހިބަހުގެ ކަންތައްތައް ދިރާސާކޮށް ހެދުމުގައި ގިނަ އަހަރުތަކެއް ވޭތުކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އަމިއްލަ ވެބްސައިޓެއްގެ ޒަރިއްޔާއިން ދިވެހި ތާރީޚާއި ޅެންވެރިކަމުގެ މުހިންމު މައުލޫމާތު ތަކެއް އާންމުންނަށް ފޯރުކޮށްދީ ހަދާފައެވެ.
އޭނާގެ އިތުރުން އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަންވަރު (ސިމްވާ) ވެސް ވަނީ ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފައެވެ. އަންވަރު އައްޔަންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށެވެ.
މި ދެފަރާތަކީވެސް ސޯޝަލް މީޑިޔާގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއްކޮށް، އަމިއްލައަށް އަރުވާލެވިގެން ދުވަސްކޮޅެއްވަންދެން ސްރީލަންކާގައި ދިރިއުޅުނު ދެފަރާތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް