ދީނަށް ފުރައްސާރަ ކުރާއިރު ރިޔާސަތުން ނުހުއްޓުވާތީ އިލްޔާސް ކަންބޮޑުވެ ވަޑައިގެންފި
އިސްލާމު ދީނަށް ފުރައްސާރަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަގަށް ގޮވާއިރު ރިޔާސަތުން އެކަން ނުހުއްޓުވާތީ އައްޝައިޚު އިލްޔާސް ހުސައިން ކަންބޮޑުވެ ވަޑައިގެންފި އެވެ.
ޝައިހު އިލްޔާސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިއްޒަތްތެރި މަޖިލީހުގެ ކަރާމާތައި ހައިބަތު ގެއްލޭ ގޮތަށް ބައެއް މެންބަރުން އިސްލާމް ދީނަށް މަލާމާތްކޮށް، ފުރައްސާރަކޮށް، އަދި ރައީސުލްްޖުމްހޫރިއްޔާއަށް ބައެއް މެންބަރުން ވަގަށް ގޮވާއިރުވެސް މަޖިލީހުގެ ރިޔާސަތުން އެކަން ނުހުޓުވައި ކުރިޔަށް ގެންދާތީ ހިތާމަކުރައްވާ ކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އެއީ ވަރަށް ނާތަހުޒީބު ކަމެކެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް ސޯލިހުއަށް ނިސްބަތްކުރައްވައި ބޭއަދަބީ ބަހުން ވާހަކަ ދައްކަވާފައެވެ. އަދިމި ސަރުކަރުގެ ދައުލަތުގެ ވަޒީރުންނަކީ ވަގުން ކަމަށް ޖަބިރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ޖަލްސާގައި ރާއްޖޭގައި ހިންގާ ދީނީ ޖަމުއިއްޔާއެއް ކ ަމަސްވައި ސަލަފު އުވައިލުމަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގޮވައިލެއްވިއެވެ. މެންބަރުން އެގޮތަށް ގޮވައިލެއްވީ ސަލަފަކީ ހަރުކަށި ޖަމާއަތެއް ކަމަށް ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް