އަދީބު ފިއްލަވަން އުޅުނު މައްސަލައިގައި ޓަގްބޯޓުގެ ދެ ފަޅުވެރިއަކަށް ޖަލުހުކުމެއް!
ޓަގުބޯޓެއްގައި ފިއްލަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާއަށް ވަޑައިގަންނަވަން އުޅުއްވި މައްސަލައިގައި އެ ބޯޓުގެ ދެ ފަޅުވެރިއަކަށް ހުކުމްކޮށްފިއެވެ.
ވާގޯ 9 ނަމަކަށް ކިޔާ މި ބޯޓުގެ ކެޕްޓަނާއި އިންޖީނިއަރުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި މި ދެފަރާތުންވެސް ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން ދައުވާ ސާބިތުވެ، އިންޑޮނީޝިޔާއަށް ނިސްބަތްވާ ދެ މީހުންގެ މައްޗަށް ވަނީ ތިންމަހާއި 18ދުވަހުގެ ޖަލުހުކުމެއް އިއްވާާފައެވެ.
މި ދެމީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ ކުށަށް އިއުތިރާފުވާ ހާލަތުގައި އަދަބުގެ އެއް ދަރަޖަ ދަށް މިންގަނޑުންނެވެ.
ޓަގްބޯޓެއްގައި ފިލަން އުޅުނު މައްސަލައާއި ގުޅިގެން އަދީބުގެ މައްޗަށްވަނީ ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް