ވަކީލުކަމުގެ ހުއްދައަށް އެދުުމުގެ ފުުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑީޖޭއޭއިން ހުޅުވާލައިފިއެވެ.
ޑީޖޭއޭއިން މި ފުރުސަތު ހުޅުވާލާފައިވަނީ އެ އިދާރާއިން ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ވަނީ ވަކީލުކަމުގެ ހުއްދަ އަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ބަޔާންކޮށްފައެވެ.
މިގޮތަށް އިއުލާންކޮށްގެން ހުށައަޅާ ފަރާތްތަކަށް ގާނޫނީވަކީލުކަމުގެ ހުއްދަ ދޭއިރު ބަލާ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ ނުވަތަ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކޮށްފައި އޮތުން ހިމެނެއެވެ.
އަދި މީގެ އިތުރުން ވަކި ކަހަލަ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ. ވަކީލު ކަމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމަނީ ސުޕްރީމް ކޯޓުގައި އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް