ޖޭއެސްސީއަށް ހާޒިރުވުމަށް ސުއޫދުއަށް އަންގައިފި
ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު، ޖުޑީޝަަލް ސާރވިސް ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް ހާޒިރުުވުމަށް ސުއޫދުއަށް އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 14:00 އަށެވެ.
ސުއޫދު ހާޒިރުކުރެވޭ ސަބަބަކީ ފަނޑިޔާރުގެއާއި އަދުލް އިންސާފުގެ ނިޒާމުގައި ކޮަރަޕްޝަނާއި ގޭންގްތަކުގެ ނުފޫޒު އޮތްކަމަށްބުނެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދެއްކެވުމަށްފަހު، އެކަމުގެ ހެކި ސުޕްރީމް ކޯޓާއި ހިއްސާކުރަން ދެކޮޅު ހެދުމެވެ.
ޑީޖޭއޭ އިން ވަނީ ސުއޫދުގެ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް