ރައީސުންގެ ހެދުންކޮޅު ގާނޫނަކުން އެބަ ބަދަލުކުރަންޖެހޭ: ރީކޯ މޫސާ
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ތުރުކުރައްވައި ހެދުންކޮޅު، ގާނޫނަކުން ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސާ މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ކުރު ސޯޓުކޮޅެއް ތުރުކުރައްވައިގެން ދެ ބޭފުޅުން ތިއްބެވި ފޮޓޯއެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.
''އެޖެންޑާ ޑްރެސް ކޯޑު، މެދުއިރުމަތީގެ ޖުއްބާކޮޅު، އެމެރިކާ ބައްރުގައި ކައުބޯއީ ހެދުންކޮޅު. ރާއްޖެ ފިޔަވައި ސާކުގެ ގައުމުތަކުގައި ފިރިހެނުން އަޅާ ޒާތުގެ ސާޅިކޮޅެއް ބްލޯޒް ނުލައި. ރާއްޖޭގައި ސޯޓުކޮޅުވީމަ އޯކޭތޯ.'' މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މިފަދަ މޭރުމަކުން މޫސަ ޓުވީޓު ކުރެއްވިއިރު، މިއަދު ކުރިޔަށްދާ ރައްޔިތުންގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ، މެދުއިރުމައްޗަށް ރައިސް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ހޫނު ނުކެނޑިގެން އުޅުއްވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް