އަދުލު އިންސާފު ގާއިމުކުރެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން: އިމްރާން
އަދުލު އިންސާފު ގާއިމުކުރެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމާއި އަދި ގެއްލިފައިވާ ހައްގުތަކާއި މުދާ، އަނބުރައި ހޯދުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިމްރާނު މިފަދައިން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްޔެވަނީ ނިންމައިފައެވެ.
މިސަރުކާރުގެ އެންމެ އިސް އެއް ވައުދަކީ ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް