ކަނޑު ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރިފައިވަނީ ހއ އަތޮޅުން ފ އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 13:15 ފެށިގެން 19:00 އަށެވެ.
މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ގަޑިއަކު 19 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަން ފަށާފައިވާ ދުވަސް ވަރަކަށް ވާއިރު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް