ޖަޒީރާ ހޮޅުއަށި މިފަހަރު ލާމަރުކަޒީ ނިޒާމަށް!
ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާ ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުމެއް މި ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.
މި ބުރާސްފަތި ދުވަހުގައި ބާއްވާ ޖަޒީރާ ހޮޅުއަށި އަމާޒުކުރެވިފައިވަނީ ލާމަރުކަޒީ ނިޒާމަށެވެ.
ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ބާއްވަން ނިންމާފައިވާ އެ މަޝްވަރާ ބައްދަލުވުމުގައި ލޯކަލް ކައުންސިލުތައް ވަރުގަދަ ކުރެވޭނެ ގޮތާއިމެދު ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މައުނަވީ ގޮތެއްގައި ކައުންސިލުތައް ބާރުވެރިކުރެވޭނެ ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށް ޖަޒީރާ ހޮޅުއަށި އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ.
މި ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އިންތިޒާމް ކުރާ ފަރާތްތަކުގެ އެދުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް