އަންހެނެއްގެ ކުރީގެ ފިރިމީހާއާ މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރީއެއް، އެކެއްގެ ބޯފަޅާލާ އަނިޔާތަކެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންހެނެއްގެ ކުރީގެ ފިރިމީހާއާ މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރީއެއް ހިނގާ އެކެއްގެ ބޯފަޅާލާ އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ބްރެވިގަސް މަގުގައި ހިނގި މި މާރާމާރީގެ ރިޕޯޓް ލިބުނީ މެންދުރު އެކެއް ޖެހިއިރު ކަމަަށެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މާރާމާރީ ހިނގީ އަންހެނެއްގެ ކުރީގެ ފިރިމީހާއާ މިހާރުގެ ލޯބިވެރިޔާގެ މެދުގައި ކަމަށާ މާރާމަރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މި މާރާމާރީގައި އެކެއްގެ ބޯ ފަޅާލި އެވެ. އަދި ދެ މީހުންނަށް ވެސް ކުދި އަނިޔާތައް ލިބިފައިވެ އެވެ.
އެ ދެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
އަދި މާރާމަރީއާ ގުޅިގެން އެ ދެ މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް