ތައިލޭންޑް ކެމްބޯޑިއާ ހަމަނުޖެހުންތަކުގައި ތައިލޭންޑްގެ ގޭސް ސްޓޭޝަނަކަށް ލިބިފައިވާ ގެއްލުންތަކެއް: ފޮޓޯ/ އަލް-ޖަޒީރާ
ތައިލޭންޑް ކެމްބޯޑިއާ ހަމަނުޖެހުންތަކުގައި ތައިލޭންޑްގެ ގޭސް ސްޓޭޝަނަކަށް ލިބިފައިވާ ގެއްލުންތަކެއް: ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ 24 Jul 2025 | 10:12

ތައިލޭންޑް-ކެމްބޯޑިއާ ހަމަނުޖެހުންތަކުގައި 12 މީހަކު މަރުވެއްޖެ

ތައިލެންޑް ސިފައިންނާއި ކެމްބޯޑިއާ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުން ތަކުގައި 2 ޤައުމުގެ ބޯޑަރު ސަރަޙައްދުގައި، އާންމުންގެ ބައެއް މީހުން ހިމެނޭހެން 11 މީހަކު މަރުވެއްޖެ އެވެ.

މި ހަމަނުޖެހުން ހިނގާފައި ވަނީ ދެޤައުމުގެ ސަރަޙައްދީ ބޯޑަރުގެ ދެބަސްވުން އުފެދިފައިވާ ސަރަޙައްދުގަ އެވެ. އަދި މި ހަމަލާތަކުގައި އިތުރު 28 މީހަކު ވަނީ ޒަހަމްވެފަ އެވެ.

މިކަމާއި ގުޅިގެން ތައިލެންޑްގެ އަސްކަރިއްޔާއިން ބުނެފައިވަނީ ކެމްބޯޑިއާ ސިފައިން ފުރަތަމަ ބަޑިޖަހާފައިވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ކަމަށެވެ. ރައްދުގައި ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އިން މިކަމާއި ގުޅިގެން ބުނެފައިވަނީ ކެމްބޯޑިއާ އިން ހަމަލާ ދީފައިވަނީ ތައިލެންޑުން ހަމަލާ ދިނުމުން އަމިއްލަ ދިފާޢުގައި ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ތައިލެންޑުން ވަނީ ކެމްބޯޑިއާގައި ހުރި އެ ޤައުމުގެ ސަފީރު އަނބުރާ ތައިލެންޑަށް ގެނެސްފައެވެ. ހަމައެއާއެކު، ކެމްބޯޑިއާ އިން ވަނީ ތައިލެންޑުގައި ތިބި އެ ޤައުމުގެ ޑިޕްލޮމެޓުން އަނބުރާ ގެނެސް، ތައިލެންޑުގެ ހުރިހާ ޑިޕްލޮމެޓުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަންގާފައެވެ.

މި ދެ ޤައުމުގެ ދެމެދުގައި ސަރަޙައްދީ ބޯޑަރުގެ ދެބަސްވުން އުފެދެން ފެށި މައްސަލަ ހޫނުވާން ފެށުނު ހިސާބަކީ ކެމްބޯޑިއާގައި ފަރަންސޭސި ވިލާތުން ވެރިކަން ކުރި ދުވަސްވަރެވެ. އެގޮތުން ފަރަންސޭސިން ދެ ޤައުމުގެ ބޯޑަރލައިން ކުރަހާފައި ވަނީ ޤަރުނުތަކެއް ވަންދެން ދެޤައުމުގެ ރައްޔިތުން މިނިވަންކަމާއެކު ދަތުރުކުރަމުންދިޔަ ސަރަޙައްދުތަކެއްގަ އެވެ.

މި އަހަރުގެ މެއި މަހު ވެސް ދެޤައުމުގެ ސަރަޙައްދީ ބޯޑަރުގެ މައްސަލާގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް