އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ރިޕޯޓް އޭސީސީން ހާމަކޮށްފި
ނިމިދިޔަ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގައި ހިނގައިދިޔަ ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް އޭސީސީން އާންމުކޮށްފިއެވެ.
1.2 ބިލިޔަން ރުފިޔާގެ މި ޚިޔާނާތުގެ ރިޕޯޓް މިހާރު ވަނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.
އެ ރިޕޯޓްގައި، އެ ހިޔާނާތް ހިންގުމުގައި މެދުވެރިއަކަށް ބޭނުންކުރި އެސްއޯއެފް އާއި އެ ކުންފުނިން ފައިސާ ފޮނުވާފައިވާ އެކި ފަރާތްތަކުގެ މައުލޫމާތާއި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ވަނީ އާންމުކޮށްފައެވެ.
މި ރިޕޯޓްގެ ބައެއް ބައިތައް މީގެ ކުރިންވެސް މީޑިޔާތަކަށް ތިލަވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެސްއޯއެފްގެ ފައިސާ ކުރީގެ ރައީސް ޔާމީން ބޭނުންކުރެއްވިކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް