މޫނު ރީތި ކުރަން ބޭނުމިއްޔާ މި ފޭސްޕެކް ބޭނުންކުރޭ
އާފަލަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ، އަދި ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލު މޭވާއެކެވެ.
އާފަލަކީ ގައިގެ ހަން ރީތި ކުރުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. އާފަލުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ކޮޕަރ އެކުލެވިގެންވެއެވެ. އެދެ މާއްދާ އަކީވެސް ގައިގެ ހަން ރީތިކުރުމަށް އެހީވެދޭ މާއްދާތަކެވެ.
މި ލިޔުމުގައި މި ހިމަނާލަނީ މޫނުގެ ހަން ރީތިކޮށް، ތާޒާ ކުރުމަށްޓަކައި އާފަލު ބޭނުންކޮށްގެން ފޭސްޕެކްއެއް ތައްޔާރުކޮށްލެވިދާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
އެއް އާފަލު
ސައިސަމުސާ މާމުއި
ތައްޔާރު ކުރާނެ ގޮތް:
އާފަލު ރަނގަޅަށް ގާނާށެވެ. ގާނާފައިވާ އާފަލުން އެއް ސަމުސާ ނެގުމަށްފަހު އޭގެ ތެރެއަށް ސައިސަމުސާ މާމުއި އެއްކުރާށެވެ. އަދި ރަނގަޅަށް އެއް ކުރުމަށްފަހު މޫނުގައި ހާކާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް