ރައީސް ސޯލިހު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
ޕީޕީއެމްއާއި ޕީއެންސީގެ އިސްވެެރިންނާއި މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން މިއަދު މެންދުރުފަހު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ގާތްގަނޑަކަށް ބައި ގަޑިއިރަށް ކުރިއަށްދިޔަ މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ބައްދަލުވުމުގެ މަގްސަދަކީ ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި މަޝްވަރާކުރުންކަމަށެެވެ.
މިއަދުގެ ބައްދަލުވުން ކުރިއަށްދިޔައީ ވަރަށް އަމާން މާހައުލެއްގައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރަން ގޮސްފައިވަނީ، އެމަނިކުފާނުގެ އިސްތިއުފާާއަށް އިދިކޮޅުން ގޮވާލިތާ މާގިނަ ދުވަސް ނުވަނީސްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް