މާލޭ ޖަލުގައި އިހުތިޖާޖު ކުރަނީ
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ގައިދީން ފަރުވާ ދިނުމަށް މާލެ ނުގެންނާނެކަން އެނގުމުން، މާލޭ ޖަލުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، މާފުށީ ޖަލުގައި އަނިޔާ ލިބުނު ގައިދީނަށް ފަރުވާ ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެމައްސަލަ މާލޭ ޖަލާ ހަމަައަށް އައިސް މާލޭ ޖަލުގައިވެސް އިހުތިޖާޖު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ހައިތަމް ވިދާޅުވިއެވެ.
ހައިތަމް ވިދާޅުވީ އެމައްސަލަ ބަލައި ފިޔަވަޅު ނާޅައިފިނަމަ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޖަލުގައި އެފަދަ އަނިޔާތައް ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޖަލުގައި އަނިޔާ ދޭ ވާހަކައަކީ އަބަދުވެސް އިވެމުންދާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ދިން އަނިޔާތަކުގެ މައްސަލަ ކޮމެޓީން ބަލަމުންދާއިރު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހ ާމެންބަރުން ވެސް ވަނީ ޖަލުގައި އަނިޔާ ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކަރެކްޝަނުން ބުނެފައިވަނީ މާލޭ ޖަލުގައި އިހުތިޖާޖުކުރާކަން އެނގިފައި ނުވާކަމަށެވެ.
ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވި ޖަލު އޮފިޝަރުން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް ފަރުވާ ދީފައިވާއިރު، ގައިދީން އެދުމުންވެސް ފަރުވާއަށް މާލެ ގެނެސްފައެއް ނުވެއެވެ.
ޖަލުގައި ދިން އަނިޔާތަކުގެ ތެރޭގައި ގައިދީންގެ ބޯ ބެލުވި ކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް