ބްރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، އެކްސިޓެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، އެކްސިޓެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ބްރިޖް ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު ދުވަހުގެ ހެނދުނު 09:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމްށެވެ.
މި އެކްސިޑެންޓްގައި 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާ ވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާ، އެމީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް