N/A
N/A
ހަބަރު 21 Jul 2019 | 02:23

ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 12

ލިޔުނީ: އައްޝައިޚް އަހްމަދު ސަމީރު

މުސްލިމުންނަށް ދީން އޮޅުވައިލުމަށް ސެކިއުލަރިސްޓުން ބޭނުންކުރާ ބައެއް ވަސީލަތްތައް

1- މުދަލާއި މަޤާމަށް ދަހިވެތިކުރުވައިގެން ސެކިއުލާ ފިކުރަށް ފަތުވާދޭމީހުން އުފެއްދުން:

މިގޮތުން އީމާންކަން ބަލިކަށިވެފައިވާ ބައެއް މީހުންނަށް މުދަލާއި މަޤާމުގެ ދަހިވެތިކަން ނުވަތަ އަންހެން ކުދިންގެ ފިތުނައިގައި ޖައްސުވައިގެން އެމީހުން ބޭނުންވާ ގޮތްތަކަށް ދީނުގެ ޙުކުމްތައް މީސްތަކުންނަށް ވިސްނައިދޭނެ މީހުން އުފައްދައި، އެފަދަ މީހުންގެ އަޑު، އެމީހުންގެ މީޑިއާތަކުން ފަތުރައެވެ. އަދި އެމީހުންނަކީ ދީނުގެ ބޮޑެތި ޢިލްމުވެރިންނާއި؛ ކަންކަމުގައި ތަޖުރިބާހުރި މުފައްކިރުންގެގޮތުގައި މުސްލިމު މުޖުތަމަޢުގައި ދައްކުވައެވެ. އެއީ އެމީހުންނާމެދު އިތުބާރު އުފެއްދުމަށްޓަކައެވެ.

ވަރަށް ގިނަފަހަރަށް މިފަދަ މީހުންނަކީ އިސްލާމީ ތަޢުލީމުދޭ ޔުނިވަރސިޓީ އަކުން ދަނޑުވެރިކަމާއި އިންޖިނޭރުކަން ފަދަ ކަންކަން ކިޔަވާފައިތިބި މީހުންނެވެ. އެމީހުންނަށް ކޮންމެވެސް މިންވަރަކަށް ޢަރަބިބަސް އެގޭތީ ބައެއް ޙަދީޘްތައް ބޭރުފުށުން މާނަކޮށްލަންވެސް އެނގެއެވެ. އެހެންވެ އެމީހުންނަކީ ދީނީ ޢިލްމުވެރިންގެ ގޮތުގައި ދެއްކުން ވަރަށް ފަސޭހަކަމަކަށް ވެއެވެ. އަދި އަމުދުން އިސްލާމީ ޔުވަރސިޓީއަކުން ފުރަތަމަ ޑިގްރީ ހެދީމައި ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ ލިބޭތީ އެހުއްދަވެސް އެފަދަ ބައެއްމީހުން އަތުގައި އެބައޮވެއެވެ. މިފަދަ މީހުންނަކީ ޙަޤީޤަތުގައި ދީނުގެ ޢިލްމުވެރިންނެއް ނޫނެވެ.

މިފަދަ މީހުންނަކީ މިއަދު އިސްލާދީނާ މުސްލިމުންނަށް ހުރި އެންމެބޮޑު ނުރައްކަލެވެ. މިފަދަ މީހުންގެ ވާހަކަތަކުގައި ކީރިތި ޤުރްއާނާއި ސުންނަތުގެ މަފްހޫމު ދެނެގަތުމުގައި ޞަޙާބީންނާއި ތާބިޢީންނާއި އުންމަތުގެ އިމާމުންގެ ވިސްނުންފުޅަކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ. އަބަދުވެސް ދައްކާނީ އެޒަމާނާއި މިޒަމާނުގެ ތަފާތުގެ ވާހަކައެވެ. އެޒަމާނާއި މިޒަމާނުގެ ތަފާތުގެ ސަބަބުން އެޙުކުމަށް އަސަރުކުރާވަރުގެ ތަފާތެއް ފެންނަން ނެތަސްމެއެވެ. އަދި އެޙުކުމްފުޅަކީ ޤަޠުޢީ ޙުކުމްފުޅެއްކަމުގައި ވީނަމަވެސް މެއެވެ.

ކީރިތި ޤުރްއާނުގައި ރަޖަމްކުރުމުގެ އަދަބު ނެތްކަމަށްބުނެ، އެއީ ދީނުގައި އޮތްކަމަށް ނުހެދިއެވެ. އިސްލާމީ ޝަރީޢަތުގައިވާ ނާސިޚާއި މަންސޫޚުގެ އުޞޫލުގެ ދަށުން ކީރިތި ޤުރްއާނުގައި ބާވައިލެއްވި ބައެއް އާޔަތްތައް ކިޔެވުން މަންސޫޚުކުރެވި، އެހެނަސް އޭގެ ޙުކުމް ދެމެހެއްޓިފައިވާ ޙުކުމްތަކުގެ ވާހަކައަކީ ދީނީ ޢިލްމަށް ނިސްބަތްވާ ބަޔަކަށް ދުވަހަކުވެސް އަޑުނާހާ މުޅިން އާ ވާހަކައަކަށް ވުމީ އަޖައިބެއް ނޫންހެއްޔެވެ؟

ނާސިޚާއި މަންސޫޚުގެ ވާހަކައަކީ ޢާންމުންނަށް މުޅިން އާވާހަކައަކަށް ވެދާނެއެވެ. ނަމަވެސް ދީނީ ޢިލްމުވެރިންނާއި މުފައްކިރުންނާއި ތަޖުރިބާކާރުންގެ ގޮތުގައި މަޝްހޫރު ކުރެވިފައިވާ ބައެއްގެ ވާހަކައާ، ޖާހިލުންގެ ވާހަކައާ އެއްގޮތްވީމާ ބަޔަކު އަންތަރީސް ނުވާނެހެއްޔެވެ. މި މީހުންގެގާތުގައި ޞައްޙަސުންނަތާއި، އުންމަތުގެ އިޖުމާޢުވެސް އެއީ އެއްވެސް އެއްޗަކަށް ނުވިއެވެ. ކަން ވާނީވެސް ހަމައެހެންނެވެ. އެމީހުން ކަންކަން ބަލަނީ ޢަލްމާނިއްޔަތުގެ ލޮލުންނެވެ. އަޑުއަހަނީ ޢަލްމާނިއްޔަތުގެ ކަންފަތުންނެވެ. ވިސްނާ ފިކުރުކުރަނީ ޢަލްމާނިއްޔަތުގެ ބުއްދިންނެވެ. ވީމާ ސެކިއުލަރިޒަމްގެ މަޞްތަޙަތާ ފުށުއަރާ އެއްވެސްކަމެއް އެމީހުންނަކަށް ނުފެންނާނެއެވެ.

މިފަދަ މީހުން މަޝްހޫރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާބަޔަކީ ކުރިންވެސް ފާހަގަކުރިފަދައިން ސެކިއުލަރ ފިކުރަށް ތާއީދުކުރާ މީޑިއާތަކެވެ.

2- ސެކިއުލަރ މުޖުތަމަޢުތަކުގައި އެކަމަށް މީހުން ތައްޔާރުކުރުން:

އިސްލާމީ ޤައުމުތަކުގައި ސެކިއުލަރިޒަމް ފެތުރުމަށް އަމާޒުކޮށްގެން ހުޅަނގުގެ ސެކިއުލަރ ޤައުމުތަކުގައި މީހުން ތައްޔާރު ކުރުމަކީ އެކަމަށް ސީދާ އަމާޒުކޮށްގެން ހިންގާ ޙަރަކާތެކެވެ. އެފަދަ މީހުން އެނބުރި އިސްލާމީ ޤައުމުތަކަށް ފޮނުވަނީ ކޮންމެވެސް ފަންނަކުން ޑޮކްޓަރޭޓް ނުވަތަ ޕުރޮފެސަރުކަން ދީފައެވެ. އެމީހުންވާނީ ޔުނިވަރސިޓީތަކުގެ ލެކްޗަރަރއިންނަށް ނުވަތަ ކިޔަވައިދޭ ކޮލެޖްތަކާއި މަރުކަޒުތައް ހިންގާމީހުންނަށެވެ. ނުވަތަ ތަޢުލީމީ ވުޒާރާގައި މަސައްކަތް ކުރާމީހުންނަށް ނުވަތަ ކަންކަމުގައި ލަފާދޭ އެޑުވައިޒަރުންނަށެވެ. ތަޢުލީމީ ދާއިރާތަކުގައި މިވެރިންގެ މަސައްކަތަކީ އުފެދެމުން އަންނަ ތަޢުލީމީ ޖީލުގެ ސިކުނޑުތަކަށް ސެކިއުލާ ފިކުރުގެ ވިހަލުމެވެ. އެމީހުންގެ ފިކުރުން އެ ސިކުނޑިތައް ނަޖިސްކުރުމެވެ. އެއިރުން މުޅިޤައުމު ބިނާވެގެން އަންނާނީ ސެކިއުލާ ފިކުރުގެ މައްޗަށެވެ. ގިނަފަހަރަށް މިފަދަ ބޭނުމަށް އިޚްތިޔާރުކުރެވެނީވެސް ޤައުމުތަކުގައި އާރާއި ބާރާއި ނުފޫޒުގެ އަހުލުވެރިންނެވެ. ނުވަތަ ނުފޫޒު ހިންގޭފަދަ ބަޔަކަށް ހެދޭފަދަ މީހުންނެވެ.

އިސްލާމީ ޤައުމުތަކުގައި މިފަދަ މީހުން އުފައްދައި އެމީހުން ޤައުމުތަކުގައި ބަސްކިޔޭ މަޤާމްތަކަށް ގެނައުމަކީ ހުޅަނގުގެ ސެކިއުލަރ ރޭވުމުގެ ދަށުންހިންގާ ކަމެކެވެ. މީލާދީން އަށާރަސަތޭކައިގެ ފަހުކޮޅުގައި ފުރާންސްގެ ޢަސްކަރީ ޖެނެރަލް އަދި ފުރާންސްގެ ވެރިކަންކޮށްފައިވާ ނަޕޯލިއަންފަދަ މީސްމީހުން އުންމަތާ ދެކޮޅަށް ކުރަމުންދިޔަ ޞަލީބީ ޢަސްކަރީ ހަނގުރާމައިގެ އިތުން، މިހަނގުރާމައިގައި ފިކުރީގޮތުން އެމީހުންނާ ބައިވެރިވާނެ އިސްލާމީ ޤައުމުތަކުގެ މީހުންވެސް ދިޔައީ އުފައްދަމުންނެވެ. މިގޮތުން ނަޕޯލިއަން ކުރި މަސައްކަތުގެވާހަކަ އޭގެފަހުން ނަވާރަސަތޭކައިގެ ކުރީކޮޅު އައި ފަލްސަފާވެރިއެއްކަމުގައިވާ ޖޯންޕައުލް ސާރޓަރ ފަދަ މީސްމީހުން ވަނީ އިތުރަށް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. އޭނާ ބުނެފައިވެއެވެ.

" ތިމަންމެން އެފްރިކާއާއި އޭސިޔާގެ ޤައުމުތަކުން ހޮވާލެވޭ ތޫނުފިލި ޒުވާނުން ތިމަންމެންގެ ރަށްތަކަށް ގެންދަމުއެވެ. ދެން ތިމަންމެންގެ ވެރިކަން ކުރާރަށްތަކަށް ގެންގޮސް ތިމަންމެންގެ އާދަކާދައާއި ޘަޤާފަތަށް އެކުދިން ހާނުވަމުއެވެ. އަދި އަހަރުމެން ބޭނުންވާ ބޮޑެތި ޖުމްލަތައް ޢުމުރާގުޅެގޮތުން އެމީހުންގެ އަނގަޔަށް އަހަރުމެން އަޅައިދެމެވެ. ދެން އެމީހުން އަހަރުމެން އެއަޅައިދިން ވާހަކަ ނޫން ވާހަކައެއް ނުދައްކާނެއެވެ. އެހިސާބުން އެމީހުން އެމީހުންގެ ރަށްތަކަށް ފޮނުވަނީއެވެ. އެއިރުން އަހަރުމެން އެޤައުމުތަކުގައި ދައްކަންޖެހޭ ވާހަކަތައް އަހަރުމެންގެ ބަދަލުގައި އެމީހުންދައްކައެވެ. އަދި އެއަށްވުރެ މުހިންމުކަމަކީ އެމީހުން ނޫންމީހުން ވާހަކަދެއްކުން އެމީހުން މަނާވެސްކުރާނެއެވެ." بغية السائل من أوابد المسائل ، وليد المهدي ، ص : 10

މިފަދަ އެތައް ފަރާތްތަކެއް މިއަދު އިސްލާމީ ތަފާތު ޤައުމުތަކުން މިދަނީ ފެންނަމުންނެވެ. ހުޅަނގުގެ ޤައުމުތަކަށް އިސްލާމީ ދަރިން ކިޔަވަންދޭ ފުރުސަތުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ނިމިގެން ޤައުމުތަކަށް އައިސް އަދި ނައިސްވެސް ހުޅަނގުގެ ސެކިއުލާ ފިކުރު ފަތުރާމީހުންގެ އަޑު މުޖުތަމަޢުތަކުގައި މިވަނީ ގުގުމާފައެވެ. ވީމާ އިސްލާމްދީނާ ޢަދާވާތްތެރި މިފަދަ ތަންނަށް ތަޢުލީމީ ބޭނުންތަކުގައި ދަތުރުކުރުމުގެ ކުރިން ދީނީ ގޮތުން ދަރިންގެ ޢަޤީދާ ހަރުދަނާ ވާން އެބަޖެހެއެވެ. އަދި އެފަދަ މުޖުތަމަޢުތަކުން ހެވާއި ނުބައި ދެނެގަންނަން އެބަޖެހެއެވެ. މީހާ ޤަބޫލުކުރާ އިސްލާމީ މަތިވެރި ޢަޤީދާ ދޫކޮށްލާފައި ލިބިގަންނަ ސަނަދަކުން، ނުވަތަ މަޝްހޫރުކަމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. މިފަދަ ކަންކަންމަށް މުސްލިމު ޒުވާނުންނާއި ބެލެނިވެރިން ހޭއަރަން އެބަޖެހެއެވެ. ( ނުނިމޭ)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...