"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ހަައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފިއެވެ.
މިކަން އެޗްޑީސީން އިއުލާންކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި މިއަދު ހެނދުނު ކުރި ޕޯސްޓަކުންނެވެ.
އެޗްޑީސީން ކުރި ޕޯސްޓް
އެ ކުންފުނިން ބުނާ ގޮތުގައި، މި ކެމްޕޭން ކުރިއަށްދާނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ. އަދި މި މުއްދަތު ތެރޭގައި ކޮންމެ ފަތިހަކު 4:00 އިން 6:00 އަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާނެއެވެ.
މިދުވަސްކޮޅަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން، މި ހަފުތާ ކުރީކޮޅުވެސް ވަނީ ޒުވާނަކު ޑެންގޫ ހުން ޖެހިގެން، އޭނާގެ ގުނަވަންތައް ފެއިލްވެގެން ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް