އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީން ފުރުސަތު ތަކެއް ހުޅުވާލުމަށް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އުރީދޫ
އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީން ފުރުސަތު ތަކެއް ހުޅުވާލުމަށް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އުރީދޫ
ވިޔަފާރި 18 Sep 2024 | 04:59

އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް ހުޅުވާލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާ ގޮތުން، މި އެއްބަސްވުމުގެ މަޤްޞަދަކީ ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ ގޮތުން ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖުގެ މިހާރުގެ އަދި ކުރީގެ ދަރިވަރުންނަށް އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށާ، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

"ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންއަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް"

އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު

އަދި މި ކޯލަބަރޭޝަންގެ ޒަރީއާއިން މި ދާއިރާގެ މުސްތަޤްބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން އިތުރަށް ބުނީ، މި ޕާޓްނަރޝިޕްގެ މައިގަނޑު އަމާޒަކީ ދަރިވަރުންނަށް ޓެލެކޮމިއުނިކޭޝަން ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން އަހުލުވެރިކުރުވުން ކަމަށެވެ. އަދި އިންޓާންޝިޕް، ޓްރެއިނިންގ ސެޝަންތައް އަދި ހޭންޑްސް-އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، ދަރިވަރުން މަސައްކަތުގެ މައިދާނަށް ތައްޔާރުކޮށް، މުސްތަޤްބަލުގެ ކުރިއެރުންތަކަށް އަހުލުވެރިކުރުވައި، ޤައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިވެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔަރ އޮފް ދަ އިޔަރގެބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފައެވެ. ބައިނަލްއަގްވާމީ މި އެވޯޑަކީމުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއްގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްފާހަގަކޮށްދޭ އެވޯޑެކެވެ.

ކުރިއެރުމާއި، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަދި ދެމެހެއްޓެނިވި އުނގެނުމަށް މަގުފަހިކޮށްދޭމަސައްކަތްތަކަށް އިންވެސްޓްކޮށްގެން، އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކުންފުނީގެމުވައްޒަފުން ބާރުވެރިކޮށް، ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ރާއްޖޭގެ އިތުރުންދުނިޔޭގެ ފެންވަރުގައި ވެސް ކުރީ ސަފުގައި ފުރުސަތުތަކަށް މަގުފަހިކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...