ފޮޓޯ/ އުރީދޫ
ފޮޓޯ/ އުރީދޫ
ވިޔަފާރި 16 Aug 2026 | 09:32

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީ ހޯދައި ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 އިން ޖާގަ ކަށަވަރުކޮށްފިއެވެ.

އުރީދޫ ނޭޝަން ޓައިޓްލް ސްޕޮންސަރުކުރި މި މުބާރާތުގެ ނޭޝަނަލް ފައިނަލް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 14 އަދި 15 ގައި މާލޭ ޔޫތު ހަބްގައި ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ. ރާއްޖޭގެ އެންމެ ވާދަވެރި 16 ޕަބްޖީ މޮބައިލް ޓީމު ބައިވެރިވި ފައިނަލް ބުރުގައި ދެ ދުވަހެއްގެ ތެރޭ 10 މެޗު ކުޅެފައިވެއެވެ.

ފޯރިގަދަ ވާދައަކަށްފަހު އެއްވަނަ ޙާޞިލްކުރީ ސިންޑިކޭޓެވެ. ފަސްޓް ރަނަރއަޕް ލިބުނީ އެލްއެންއެން އެސްޑީއެމްޒެޑަށެވެ. ތިންވަނައަށް ދިޔައީ ޑީސީއެމް ޑީއެމްޓީއެވެ. މި ތިން ޓީމަށް ވެސް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ.

"އުރީދޫ ނޭޝަންގެ އަމާޒަކީ މިއީ. ރާއްޖޭގެ ޒުވާން އީސްޕޯޓްސް އެތުލީޓުންނަށް ވާދަކޮށް ކުރިއަރައި ބައިނަލްއަޤުވާމީ ފެންވަރުގައި ހުނަރު ސާބިތުކޮށް ބޮޑެތި މައިޒާންތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހޯދައިދިނުން. ރާއްޖޭގެ ތިން ޓީމެއް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ހޮވުމަކީ މުޅި ދިވެހި އީސްޕޯޓްސް އާއިލާއަށްވެސް ލިބުނު ފަޚުރެއް. ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް މަރުޙަބާ ކިޔައި ސަރަޙައްދީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމުގައި ކާމިޔާބީއަށް އެދެން" މި ކާމިޔާބީއާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި އުރީދޫ ނޭޝަން މެދުވެރިކޮށް ރާއްޖޭގެ ގޭމިން އަދި އީސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ސިލްސިލާ ގޮތެއްގައި އެ ކުންފުނިން ދަނީ އިންވެސްޓުކުރަމުންނެވެ. މިއީ 'ޑިޖިޓަލް މޯލްޑިވްސް' ތަޞައްވުރުގެ ދަށުން ދިވެހި ޒުވާން ހުނަރުވެރިންގެ ފެންވަރު މަތިކޮށް ބައިނަލްއަޤުވާމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

ޓާސްކިން އެޕްގައި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި
13 Aug 2026 ވިޔަފާރި

ޓާސްކިން އެޕްގައި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި

އުރީދޫ ފިންޓެކްގެ މަގުބޫލު ޚިދުމަތް ކަމަށްވާ 'އެމް-ފައިސާ' މެދުވެރިކޮށް 'ޓާސްކިން' އެޕްގައި ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އުރީދޫ މޯލްޑިވްސްއިން މިއަދު އިޢުލާނުކޮށްފިއެވެ...