އުރީދޫ މަސްޖިދުނާ އިނިޝިއޭޓިވް އިފްތިތާހް ކުރުން-
އުރީދޫ މަސްޖިދުނާ އިނިޝިއޭޓިވް އިފްތިތާހް ކުރުން-
ހަބަރު 15 Oct 2026 | 07:04

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕީ.އެލް.ސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ ދީނީ ޢިމާރާތްތަކާއި ވަޞީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

""އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒުކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންނެވެ.

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެކެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކުންފުނީގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
07 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
07 Nov 2026 އިލެކްޝަން ކޮމިޝަން

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

މި ގޮފި ހުޅުވާފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއުމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ތެރެއިންނެވެ.

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް
05 Nov 2026 ހަބަރު

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.