ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގޮފި ހުޅުވާފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއުމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ތެރެއިންނެވެ.
ލ. ގަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ގޮފި އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭފުޅުންގެ އިތުރުން ގަން ކައުންސިލް އިދާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން، ގަމު ގޮފީގައި ހިންގާ ޤުރްއާން ތައުލީމުގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމާ މެދު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، އިދާރީ ކަންކަން ބެލެހެއްޓުމާއި، މަރުކަޒުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު ހާއްސަ ބައްދަލުވުންތަކެއް ވަނީ ބޭއްވިފައެވެ.
ލ. ގަމުގައި މިފަދަ މަރުކަޒެއް ހުޅުވިގެން ދިއުމަކީ ޤުރްއާނުގެ ތައުލީމު ލާމަރުކަޒީކުރުމަށް ދައުލަތުން ކުރައްވާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމުގެ އިތުރުން ހިފްޡުކުރުމުގެ ފުރުސަތުތައް ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް