އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް؛ ފޮޓޯ / އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް؛ ފޮޓޯ / އިސްލާމިކް މިނިސްޓްރީ
ހަބަރު 17 Oct 2026 | 13:16

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ޒަކާތުގެ ފަންޑުތަކާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އަމާޒު ހިފައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޒަކާތުގެ ފައިސާ ހަރަދުކުރާނީ ޝަރުއީ ހަމަތަކާ އެއްގޮތަށް ކަމަށާއި، ވަގުފް އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ބޭނުންކުރާނީ އެ މަޝްރޫއުތައް ހާއްސަކޮށްފައިވާ މަގްސަދުތަކަށް އެކަނި ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި އިސްނެގުމުން ފައިދާކުރާނެ ދާއިރާތަކުގެ ތެރޭގައި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމާއި، އިސްލާމީ ތައުލީމު ފުޅާކުރުމާއި، އިމާމުންނާއި ދީނީ އިލްމުވެރިންނަށް އެހީތެރިވުން ހިމެނެއެވެ. އަދި ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ފުރުސަތުތައް ފަހިކުރުމާއި މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫއުތަކަށް ވެސް މި އާމްދަނީ ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ފިޔަވަޅުގެ ސަބަބުން ދީނީ ކަންކަން ކުރިއެރުވުމުގައި މިނިސްޓްރީގެ މުއައްސަސާތީ ގާބިލުކަން ދިގު މުއްދަތަކަށް އިތުރުވާނެ ކަމަށާއި، މިއީ އަންނަން އޮތް ޖީލުތަކަށް ދާއިމީ ތަރިކައެއް ކަމުގައި އެ މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
07 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
07 Nov 2026 އިލެކްޝަން ކޮމިޝަން

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

މި ގޮފި ހުޅުވާފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއުމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ތެރެއިންނެވެ.

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް
05 Nov 2026 ހަބަރު

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.