މެންހަޓަން ގްރޭންޑް ހޮޓެލް؛ ފޮޓޯ / މެންހަޓަން
މެންހަޓަން ގްރޭންޑް ހޮޓެލް؛ ފޮޓޯ / މެންހަޓަން
ވިޔަފާރި 07 Nov 2026 | 10:19

ހުޅުމާލޭގައި ތަރައްޤީނުކުރެވި ދިގުލައިގެންދިޔަ ސިޓީހޮޓާ އެންމެފަހުން މިރޭ ހުޅުވަނީ

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީނުކުރެވި ދިގުލައިގެންދިޔަ ސިޓީހޮޓާ ތަރައްްޤީކުރުމަށްފަހު މެންހަޓަން ގްރޭންޑް ހޮޓާ ނަމުގައި މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ފަސް ތަރީގެ މި ލަގްޒަރީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މީގެ 19 އަހަރުކުރިން ސަރުކާރާއި ރައްޔިތުންގެ ކުންފުނި އެސްޓީއޯއިންނެވެ. މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވުމުގެ ގޮތުން، މިރޭ ހަވާއެރުވުމަށް ނިންމާފައިވާއިރު، މިރޭ ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް ކުރިއަށްދާނީ މިރޭ 22:00 އިން ފެށިގެން 22:30 އާ ހަމައަށެވެ.

އެސްޓީއޯއިން ތަރައްޤިކުރަން އުޅުނު ސިޓީހޮޓާ، ފަސް ތަރީގެ ހޮޓަލަކަށް ބަދަލުކޮށް އެތަން ހުޅުވުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރެވެ. އެޗްޑީސީން އެތަން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެކުންފުނިން އެތަން ހިންގާނީ "މަންހަޓަން ގްރޭންޑު" ނަމުގައެވެ.

މިތަނުގެ ހިދުމަތް ފަށާއިރު، 158 ކޮޓަރީގެ އިތުރުން ބެންކުއެޓް ހޯލަކާއި މަލްޓި ޕާރޕަސް ހޯލުގެ އިތުރުން ސްވިމިންގ ޕޫލާއި، އިންޓަރނޭޝަނަލް ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތުގެ އިތުރުން ސިޓީ ހޮޓަލަކުން ދޭ ހިދުމަތްތައް ލިބެން ހުންނާނެއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. އެސްޓީއޯއިން ހޮޓަލެއް ހަދަން ފެށީ އެކުންފުންޏަށް ދިމާވެފައިވާ ބޭރުފައިސާ ލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންކަމަށް އޭރު އެކުންފުނިން ވަނީ ބުނެފައެވެ. ތަފާތު އެކި އަހަރުތަކުގެ މަތިން ބަޔަކާ ހަވާލުކޮށްގެން އެތަނުގެ މަސައްކަތްތައް ފެށިނަމަވެސް ހޮޓަލުގެ މަސައްކަތް، އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެގޮތަށް އޮއްވައި އެސްޓީއޯއިން ވަނީ 2024 ވަނަ އަހަރު އެ ހޮޓާ އެޗްޑީސީއާ ހަވާލުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި
05 Nov 2026 ހަބަރު

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި

ޗްޑީސީން ބުނީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މި ޖެޓީގެ މަރާމާތު މުޅިން ނިންމައި، ކުރިއެކޭ އެއްގޮތަށް މިހާރު ޖެޓީ ބޭނުންކުރެވޭނޭކަމަށެވެ.

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް
05 Nov 2026 ހަބަރު

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް

އެޗްޑީސީން ބުނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކުންފުނީގެ ސްޓޯލުން އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށެވެ

ކުލި ނުދެއްކުމުން ހުޅުމާލޭގެ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީއަށް ނަގައިފި
02 Nov 2026 ހަބަރު

ކުލި ނުދެއްކުމުން ހުޅުމާލޭގެ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީއަށް ނަގައިފި

އެޗްޑީސީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވަނީ 2026 ނޮވެންބަރު 2 ވީ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި މި ނިންމުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ވެސް ސޮލާރިސް ހޮސްޕިޓަލިޓީއަށް ނުދެވޭނެ ކަމަށް ވަނީ އަންގާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
18 Oct 2026 ހަބަރު

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.