ރެއިލިންގ ހަރުކުރާ މަންޒަރު؛ ފޮޓޯ / އެޗްޑީސީ
ރެއިލިންގ ހަރުކުރާ މަންޒަރު؛ ފޮޓޯ / އެޗްޑީސީ
ހަބަރު 18 Oct 2026 | 14:30

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިމިއްޖެ ކަމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ހަރުކޮށްފައިވާ ރެއިލިންތައް ގަވާއިދާ އެއްގޮތްތޯ ޗެކްކުރުމެވެ. ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހަމައަށެވެ. އެޗްޑީސީން ބުނީ، ރެއިލިން ހަރުކޮށްދިނުމަށް އެދިފައިވަނީ 1,011 އެޕާޓްމަންޓަކުންނެވެ.

އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މި މަސައްކަތް ފެށީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ. ރެއިލިން ހަރުކުރުމުގެ އިތުރުން، އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
07 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލޭގައި ތަރައްޤީނުކުރެވި ދިގުލައިގެންދިޔަ ސިޓީހޮޓާ އެންމެފަހުން މިރޭ ހުޅުވަނީ
07 Nov 2026 ވިޔަފާރި

ހުޅުމާލޭގައި ތަރައްޤީނުކުރެވި ދިގުލައިގެންދިޔަ ސިޓީހޮޓާ އެންމެފަހުން މިރޭ ހުޅުވަނީ

އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. އެސްޓީއޯއިން ހޮޓަލެއް ހަދަން ފެށީ އެކުންފުންޏަށް ދިމާވެފައިވާ ބޭރުފައިސާ ލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި
05 Nov 2026 ހަބަރު

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި

ޗްޑީސީން ބުނީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މި ޖެޓީގެ މަރާމާތު މުޅިން ނިންމައި، ކުރިއެކޭ އެއްގޮތަށް މިހާރު ޖެޓީ ބޭނުންކުރެވޭނޭކަމަށެވެ.

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް
05 Nov 2026 ހަބަރު

ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް

އެޗްޑީސީން ބުނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކުންފުނީގެ ސްޓޯލުން އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށެވެ