ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރަނީ ސިފައިންގެ ޖަމިއްޔާ، ސިފްކޯގެ ފަރާތުންނެވެ. މިނެޓަކަށް ހަވާ އަރުވާނަމަ 600ޑޮލަރު ދޭން ޖެހޭއިރު އެއީ ދިވެހި ފައިސާއިން ބަލާނަމަ 9252 ރުފިޔާއެވެ. ދެމިނިޓަށް ނަމަ 1200ޑޮލަރު ހޭދަކުރަން ޖެހެއެވެ.
މީގެ ކުރިން ހަވާ އަރުވައި އުޅެނީ ސަރުކާރުގެ ނިންމުމަށް މުހިންމު މުނާސަބަތު ތަކާއި ގުޅުވައިގެނެވެ. ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުންވެސް ސިފްކޯ މެދުވެރިކޮށް ހަވާއަރުވައެެވެ. މީގެ ތެރޭގައި ކައިވެނި ހަފްލާތައް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް