މޫސުން ގޯސްދުވަހެއްގެ ތެރެއިން ފޮޓޯ؛ / ވޮއިސް
މޫސުން ގޯސްދުވަހެއްގެ ތެރެއިން ފޮޓޯ؛ / ވޮއިސް
ހަބަރު 07 Nov 2026 | 13:01

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ހުދު ސަމާލް ނެރެފައިވާ ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރެއެކެވެ. އެގޮތުން، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ހަމައަށް މޫސުން ވަރަށް ބޮޑަށް ގޮސްވާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކެށީގެންވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރުދީފައެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގެދޮރުތަކަށް ފެންވަނުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ރައްޔިތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅާފައެވެ. އޭގެ ތެރޭގައި، ގޭގޭގެ ފެންވަންނަ ދޮރުމަތީގައި ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނު ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި މޫސުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ސަމާލުވުމަށް ވަނީ އިރުޝާދުދީފައެވެ. އެގޮތުން، ދަތުރުކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިކަން ކަށަވަރުކުރުމަށް އެދިފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، މި މޫސުމުގައި ކަނޑުދަތުރުތައް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުވަދު އަތޮޅަށެވެ. އެގޮތުން، އެ އަތޮޅުގެ ފަރެސްމާތޮޑާއަށް 104.4 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާއިރު، ހަމަ އެ އަތޮޅު ކާޑެއްދޫއަށް 63 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ.

ގއ. ކޮލަމާފުއްޓަށްވެސް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ކަރަންޓުގެ ހިދުމަތް ވަނީ އިއްޔެ މެދުކެނޑިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހުވަދު އަތޮޅަށް
07 Nov 2026 ހަބަރު

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހުވަދު އަތޮޅަށް

ދެކުނުގެ އަތޮ ދެކުނުގެ އަތޮޅުތަކުގެ އިތުރުން އދ، އއ އަދި ހދ ގެ ރަށްތަކަށްވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.

ހއ އިން ފެށިގެން އދ އަށް މޫސުން ވަރަށް ގޯސް
07 Nov 2026 ހަބަރު

ހއ އިން ފެށިގެން އދ އަށް މޫސުން ވަރަށް ގޯސް

ހއ އިން ފެށިގެން އދ އަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މި ސަރަހައްދަކީ ލޯންޗުފަހަރުގެ މޫވްމެންޓް އެންމެ ގިނަ ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަ ކުރާނެ: މެޓް
06 Nov 2026 ހަބަރު

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަ ކުރާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާއިން ބުދަ ދުވަހުގެ ނިޔަލަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ
27 Oct 2026 ހަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ

މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 102 ގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ.