ރާއްޖޭގެ ފުޓްސަލް ޓީމް ފަރިތަކުރުންތަކުގައި.. ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ ފުޓްސަލް ޓީމް ފަރިތަކުރުންތަކުގައި.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު 07 Nov 2026 | 08:19

ހޮންކޮން ކޮޅަށް 7 ލަނޑުޖަހައި، ރާއްޖޭގެ ފުޓްސަލް ޓީމުން ފެންވަރު ދައްކާލައިފި

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ "ސީ.އެފް.އޭ އިންޓަރނޭޝަނަލް ފުޓްސަލް ޓޯނަމަންޓް" ގައި މިއަދު ކުޅުނު މެޗުގައި ހޮންކޮންގް އަތުން ރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ހޮންކޮން އާ ބައްދަލުކުރި މެޗް ކާމިޔާބުކުރީ 0-7 ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި، އިޝާން، ސާދު އަދި ޝަނާން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަނެއް ލަނޑަކީ ހޮންކޮންގް ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗަކީ މީގެ 21 އަހަރުކުރިން ރާއްޖެ ހިންކޮން އާ ދެކޮޅަށް ކުޅުނު މެޗްގެ ނަތީޖާއަށް ބަލައި ފަހުރުވެރި ކާމިޔާބެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެފަހަރުގެ މެޗް ދިވެހިން ބަލިވީ 6-1 ގެ ނަތީޖާއިންނެވެ.

މި ކާމިޔާބީއާއެކު މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ފެށުން ރަނގަޅުކޮށް ފައެވެ. މި މުބާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި މުބާރާތުގައި ދެން ރާއްޖެ ނިކުންނާނީ ޗައިނާ އާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ހޯމަދުވަހެވެ.

ރާއްޖޭގެ ފުޓްސަލް ޓީމަކީ ޤައުމީ ޓީމްތަކުގެ ތެރެއިން އެންމެ ރަނަގޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ ޓީމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް