ފޮޓޯ: ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން
ފޮޓޯ: ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން
ހަބަރު 19 Oct 2026 | 13:36

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

ހުޅުމާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަގުތަކުގައި އައު ސްޕީޑް ބްރޭކަރުތައް ހަރުކޮށް ކުރިން ހުރި ބްރޭކަރުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

މިފަހަރު އަޅަމުން ގެންދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ވެސް ބޭނުންކުރި ފަދަ ފެންވަރު ރަނގަޅު ސްޕީޑް ބްރޭކަރު ނުވަތަ ތާރު ބަންޕަރުތަކެކެވެ. މީގެއިތުރުން، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކުރުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. އަދި ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ވެށްޓަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެކުރިން ވެސް ހުޅުމާލޭގައި އެޅި ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، އެ ބަންޕަރުތަކުގެ ޑިޒައިނާއި ބޭނުންކުރި ތަކެއްޗާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާތަކެއް ހުރުމުން ފަހުން ވަނީ އެ ތަކެތި ނަގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި
19 Oct 2026 ހަބަރު

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ބަންދު މުއްދަތު އިތުރުކުރީ މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލްގެ ބަންދަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ
19 Oct 2026 ހަބަރު

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ

އޭނާ އިސްތިއުފާ ދީފައިމިވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
19 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެވެ.

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
19 Oct 2026 ހަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ
19 Oct 2026 ހަބަރު

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު ބާރަ އިން ފެށިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ފުލުހުން ވަނީ މަގު ބަންދުކުރުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް ނެގުމަށްވެސް އަންގާފައެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
19 Oct 2026 ހަބަރު

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި

މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.

އިސްދޫ-ކަލައިދޫ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި
19 Oct 2026 ހަބަރު

އިސްދޫ-ކަލައިދޫ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި

ލ. އިސްދޫކަލައިދޫ އެއާޕޯޓަށް ބަޖެޓުން 600 މިލިއަން ރުފިޔާ ވަކިކޮށްފައިވީ ނަމަވެސް، މަޝްރޫޢުގެ މަސައްކަތް އަދި ނުފަށާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެއެވެ.